
ޝަމްއާން ބަންދުން ދޫކޮށްލައިފި

ޝަހްޒާ މުޙައްމަދު - 25 ޑިސެމްބަރު 2025 - 13:48
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލައިފިއެވެ.
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައި ހުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ނާޖާއިޒް މަންފާ ނެގުމުގެ ތުހުމަތުގައެވެ.
ޝަމްޢާން ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޝަމްއާން ދޫކޮށްލުމަށް އެދުނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެފައިވާކަމަށް ފެންނާތީކަމަށެވެ. ނަމަވެސް ޝަމްއާން ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުއެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުން ވަކިކޮށް ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދިކަަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކުރީ މަރޗްމަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެކަނި ކުދިންބަލާ ފަރާތްތަކުގެ އިނާޔަތް 1000ރ. އިން 3000ރ. އަށް ބޮޑުކޮށްފި
ގަޑިއިރެއް ކުރިން

ބަންކަރިންގެ ހިދުމަތް ފެށިފަހުން މިހާތަނަށް 282 މިލިއަން ރުފިޔާގެ އަމްދަނީއެއް ލިބިއްޖެ
3 ގަޑިއިރު ކުރިން

އެއް އަހަރު ވެފައިވާ މީޑިއާތަކަށް އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފި
4 ގަޑިއިރު ކުރިން

މަޤާމުތަކަށްދާ ރިޓަޔާޑް ފުލުހުންނަށް އިނާޔަތް ނުދޭން ނިންމައިފި
7 ގަޑިއިރު ކުރިން


