logo
—

ލުބުނާ މަލީހަަށް: "ތިޔަ ކަހަލަ ފެމުނު ގަނޑަކަށް ޤާޞިމާ ބެހިފަ ސަލާމަތެއް ނުވެވޭނެ"

profile

އަހުމަދު ޒަލީފު - 16 ޖޫން 2023 - 10:38

ކުރީގެ ޔޫތު މިނިސްޓަ މުޙައްމަދު މަލީހު ޖަމާލަކީ "ފެމުނު ގަނޑެެއް" ކަމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާޞިމް އިބްރާހިމަށް ފާޑުވިދާޅު ސަލާމަތް ނުވެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޖޭޕީގެ ލީޑަރު ޤާޞިމް އިބްރާހިމް އެންމެ ބުއްދިވެރިވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިޚާބު ނިމެންދެން ބެހެއްޓުން ކަމަށް މަލީހު ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވާ ލުބުނާ ވަނީ ޤާޞިމްގެ ތިޖޫރީން މަލީހް ބައްލަވައިގެންނެވި ފްލެޓް މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

Thikahala femunu gandakah Adhi aharemenge riyaasee candidate aa behifa salaamaiy nuveveyne! https://t.co/duqtXHWIhJ

— Lubna (@LubnaZahir) June 16, 2023

ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ލުބްނާ ޒާހިރު ޖޭޕީއާ ގުޅިވަޑައިގެންނެވީ ދާދި ފަހުންނެވެ.

ލުބްނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ނެޝަނަލް ޑްރަގް އެޖެންސީގެ ޗެއަރމަންގެ މަގާމާއި ރައްޔިތުންެގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މަޤާމުގެ "ދަހިވެތިކަމުގައި" ޖޭޕީ ދޫކޮށް މަދުބަޔަކު ދިޔަ ނަމަވެސް ގިނަ އަދަދެއްގެ ބޭފުޅުން މިހާރު އަންނަނީ ޖޭޕީއާ ގުޅެމުންނެވެ.

ލުބްނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރަށްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ލުބްނާ އަކީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާރގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު ޒާހިރު ހުސައިންގެ ދަރިކަނބަލެކެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk