logo

ބަޖެޓް 2025: ފަސް ހޮސްޕިޓަލާއެކީ ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް

profile

އައިމިނަތު ރޫޔާ - 31 އޮކްޓޯބަރު 2024 - 13:21

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

2025ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނައި، އެ މަޝްރޫޢުތަށް ބަޖެޓްގައި ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނެއެވެ.

އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ސިއްހީ ނިޒާމުގެ ދިގު ތާރީހެއް އޮތް ނަމަވެސް، އަދުގެ ހަގީގަތަކީ ދިވެހި ރައްޔިތުން އެދޭ ފެންވަރުގައި ކެންސަރުފަދަ ބޮޑެތި ސިއްހީ ބަލިތަކަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާދެވޭ ވަރަށް ވުރެ ސިއްހީ ނިޒާމު ބަލިކަށިކަމަށް ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްަޓަރ ވިދާޅުވީ މި ހާލަތުން ދިވެހި ގައުމު ވީއްލި، ސިއްހީ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ދިވެހީންނަށް ރާއްޖޭގައި ތިބެގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރެވޭނެ ގޮތަށް ޒަމާނީ އިންފްރާސްޓްރަކްޗަރ އާއި ވަސީލާތްތައް ގާއިމުކުރުން ކޮންމެހެން މުހިންމު ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ދިވެހީންގެ ސިއްހީ ހިދުމަތުގައި ތަމްރީނު ލިބިފައިވާ ދިވެހި ދަރީން ތިބުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ސިޔާސަތެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319