logo

ބަޖެޓް2025:ޕޭ- ހާމަނައިޒް ކުރުމުގެ މަސައްކަތަށް 500 މިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅައިފި

profile

އައިމިނަތު ރޫޔާ - 31 އޮކްޓޯބަރު 2024 - 13:20

ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުން---

ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުން---

ސިވިލް ސާވީސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް ހާމަނައިޒްކުރަން 500 މިލިއަން ރުފިޔކަނޑައަޅައިފިއެވެ.

އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލުގެނައުމަށް ވަނީ ރާވާފައެވެ. މި ބަޖެޓުން ފާހަގަކޮށްލެވޭ އެހެން ބައެއް ކަންކަމަށް ބަލާއިރު، އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފަށައިގަތުމަށް ރާވާފައިވާއިރު، ޖުޑީޝަރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަސީލަތްތައް ތަރައްގީކުރަން މާލޭގައި ކޯޓު ކޮމްޕްލެކްސް އިމާރާތެއް ބިނާކުރަންވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް ދެވޭ އެހީއާއި ސަބްސިޑީއަކީ އެންމެ ބޭނުންޖެހިފައިވާ މީހާ ދެނެގަނެ، އެންމެ އިންސާފުވެރިކަމާއި އެކު ދެވޭ އެހީތަކަކަށް ހެދުމަކީ މުޅި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި، އެންމެ ބޭނުންޖެހިފައިވާ ދިވެހިރައްޔިތުން ދެނެގަނެ، ސީދާ އެ ރައްޔިތުމީހާގެ ޖީބަށް ސަބްސީޑީ ލިބޭގޮތަށް ނިޒާމު ބަދަލުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

https://wamco.com.mv/
tel:+9607331319