logo

އިސްރާއިލުގެ ހަނގުރާމަ ހުއްޓުވުމަށް އިގްތިސާދީ ބާރު ބޭނުންކުުރުމަށް ރައީސް ގޮވާލައްވައިފި

profile

އައިމިނަތު ރޫޔާ - 29 ނޮވެމްބަރު 2024 - 12:35

އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އިސްރާއިލުގެ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އިގްތިސާދީ ބާރު ބޭނުންކުުރުމަށް ރައީސް ގޮވާލައްވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްތަނަކަށް އެއްވެ، އިސްރާއީލުގެ ޤާނޫނާ ޚިލާފު ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ޑިމާންޑްކޮށް، ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ޒިންމާ އުފުލާ، އެމީހުން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހުރިހާ އިހުތިޔާރަކާއި އިޤްތިޞާދީ ބާރެއް ބޭނުންކުރުމަށް ގޮވާލައްވާ ކަމަށެވެ.

އެމަނކުފާނު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ފަލަސްޠީނުން އިންސާފު ހޯދުމަށް ކުރާ މަސައްކަތާއި، ސުލްޙަވެރިކަމާއެކު އުޅުމުގެ ހައްގަށް ރާއްޖެއިން ވަޢުދުވާކަން އަލުން ކަށަވަރުކޮށްދޭ ކަމަށެވެ.

މީގެއިތުރުން، އެމަކިފާނު ވިދާޅުވީ ދިގުދެމިގެންދާ ހައްލެއް ލިބޭނީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުން ކަމަށެވެ.

ހަމަމިއާއެކު، ރައީސް ވިދާޅުވީ ރާއްޖެއަށް ފަލަސްތީނުގެ ކޮންމެ މަސައްކަތަކީ ރާއްޖޭގެ އަމިއްލަ މަސައްކަތެއް ކަމުގައި ދެކޭ ކަމަށެވެ.


https://int.etukuri.mv/
tel:+9607331319