
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 08:03
ވާރޭވެހި މާލޭގައި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފެން ހިންދުމުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 އާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި
9 ގަޑިއިރު ކުރިން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
9 ގަޑިއިރު ކުރިން

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
11 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
12 ގަޑިއިރު ކުރިން


.gif&w=3840&q=75)