logo

މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ބަދަލު ގެންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 05:57

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ބަދަލު ގެންނަވައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ށ ގައިވާ ގޮތުގެ މަތިން ކޮމިޓީތަކަށް ގެނެވުނު ބަދަލުތައް ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގައި އިއުލާން ކުރައްވާފައެވެ.

ކޮމިޓީތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ޖުޑީޝަރީ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނުނު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ބަދަލުގައި އެކޮމިޓީއަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް ވަނީ 11 ފެބްރުއަރީ 2026 އިން ފެށިގެން ހަމަޖައްސަވާފައެވެ. އަދި ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނުނު ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލްގެ ބަދަލުގައި އެކޮމިޓީއަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން އިމްތިޔާޒާއި ސުލޫކް ކޮމިޓީއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މީގެ ކުރިން އެކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނުނު ކަނޑިތީމު ދާއިރާގެ އަމީން ފައިސަލްގެ ބަދަލުގައި މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު ވަނީ ހަމަޖައްސާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk