logo
ކުރީގެ  ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކައުންސިލްތަަކަށް މެމްބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަން: ރައީސް ސޯލިހް

profile

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 07:19

ކައުންސިލްތަަކަށް މެމްބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭންގައި ތިނަދޫ ސިޓީގެ ކެމްޕޭން އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަނީ ވެރިންނަށް ސަނާކިޔުމަށް ނޫން ކަަމަށެވެ.

ވެރިންނަށް ސަނާ ކިއުމުގެ ބަދަލުގައި ކައުންސިލްތަކަށް މެމްބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކައުންސިލްތަކަށް އިންތިހާބުކުރާ މެންބަރުންނަކީ ވެރިން ބުނާހާ ގޮތަކަށް އާނބަސް ބުނެގެން ތިބެންޖެހޭ ބައެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކައުންސިލްތަކަށް އިންތިހާބުކުރާ މެމްބަރުންނަކީ ވެރިން ބުނާހާ ގޮތަކަށް އާނބަސް ބުނަން ތިބޭ ބައެއް ވެސް ނޫންކަމަށާއި ކަމެއްގެ ވާހަކަ ބުނުމުން އެކަމަކީ ކުރެވޭނެ ކަމެއްތޯ ބަލައި އެކަމާއި މެދު އަމިއްލަ ސިކުނޑިން ވިސްނަން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ގެނެވުނު ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ލިބުނު ލާމަރުކަޒީ ގާނޫނާއެކު ބާއްވަމުންދާ ކޮންމެ އިންތިހާބެއްގައި އެމްޑީޕީގެ ލޯގޯ ފެންނަން ހުންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދެން ފެންނަނީ ރިޔަލެއް، ދެން ފެންނަނީ ތަންކޮޅެއް ހުދުކޮށް އިންނަ ރުކެއް، މިހާރު ދޫންޏެއްހެން ފެންނަ ކޮންމެވެސް އެއްޗެއް.. އެހެން ނަމަވެސް މި އެމްޑީޕީގެ މި ނިޝާން މި ލޯގޯ އަބަދުވެސް އިނދޭ: ރައީސް ސޯލިހް

ރައީސް މުއިއްޒު ތިނަދޫއަށް ވެވަޑައިގެންނެވި ވަޢުދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިޙް ވިދާޅުވީ، ފުރަތަމަ ވަޑައިގެން ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ވަޢުދުވެވަޑައިގަތުމަށްފަހު، ތިން މަސް ފަހުން ވަޑައިގެން ފްލޯޓިންގ ޓާމިނަލަކާއެކު ބޮޑު ސިޓީއެއް ތަރައްގީކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން އުޅޭ އިންވެސްޓަރުންނަކީ ކުކުޅު ގެންގުޅޭ ބައެއް ކަމަށާއި، އެފަދަ ބަޔަކަށް އެއަރޕޯޓަކާއި ސިޓީއެއް ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ތިނަދޫއަކީ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ހުރިހާ ފުރުސަތެއް އޮތް ރަށެއް ކަމަށާއި ތިނަދޫ ސިޓީގައި އިތުރު މީހުން އާބާދުވާން ބޭނުންވާކަން ފާހަގަކުރައްވައި، ރައީސް ސޯލިޙް ވިދާޅުވީ އެމްޑީޕީގެ ތަސައްވުރަކީ ތިނަދޫ އަކީ 20 ނުވަތަ 30 ހާހުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށް ހެދުން ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ އެ ވިސްނުމެއް ނެތް ކަމަށެވެ.

މާލެ ސަރަހައްދުގެ މަޝްރޫޢުތަކަށް ފާޑުވިދާޅުވަމުން، ރަސްމާލެއާއި ގުޅީފަޅު ގުޅާލުމަށް 200 މީޓަރު އަޑީގައި ބިއްލޫރި ޓަނަލެއް އަޅައި، އޭގެ ތެރެއިން މިޔަރާއި މަސްމަހާމެހި ފެންނާނެ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކީވެސް ބިލާހެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަހަރަކު 400 ޑޮލަރު ދޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާ ނުބައްދަލު ހިޔާލީ ވާހަކަތަކެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk