
ތިނަދޫ ސިޓީގައި އެމްޑީޕީގެ ކެމްޕޭން އިފްތިތާހްކޮށްފި

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 07:53
ގދ ތިނަދޫ ސިޓީގައި އެމްޑީޕީގެ ކެމްޕޭން އިފްތިތާހްކޮށްފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް އެމްޑީޕީ އިން ދަނީ އަތޮޅުތަކާއި މާލޭގައި ކުރިއަށް ގެންދަމުންނެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކެމްޕޭން ކުރަމުންދާއިރު، ރޭ އެމްޑީޕީގެ ފަރާތުން ވަނީ ގދ ތިނަދޫ ސިޓީގައި ކެމްޕޭން ހަރަކާތް ރަސްމީކޮށް ފެށުމަށް ޖަލްސާއެއް ބާއްވާފައެވެ.
މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މަޖިލީހުގެ ނައިބު ރައީސްކަން ކުރިން ކުރައްވާފައިވާ ރީކޯ މޫސާ މަނިކު އާއި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިނަދޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެމްޑީޕީގެ ޓިކެޓްގައިވާދަކުރާ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ.
އެމްޑީޕީގެ ފަރާތުން މިއަހަރު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ލީޑަރޝިޕްގެ ޓީމްތައް ދަނީ މާލެ އާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވަމުންނެވެ.
މި އިންތިޚާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ހިމެނެއެވެ. އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން 665 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.
ގުޅުން ހުރި ޙަބަރުތައް
އަސްލުޓީވީ ބޮޑު އިނާމްގެ ތިންވަނަ ހަފްތާގެ އިނާމް ހަވާލްކޮށްފި
ގަޑިއިރެއް ކުރިން

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަލުން ހުޅުވާލައިފި
3 ގަޑިއިރު ކުރިން

39 ވަކީލުން ހުވާކޮށް ޤާނޫނީ ދާއިރާއާއި އަލަށްގުޅިއްޖެ
3 ގަޑިއިރު ކުރިން

ކައުންސިލްތަަކަށް މެމްބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަން: ރައީސް ސޯލިހް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)