
39 ވަކީލުން ހުވާކޮށް ޤާނޫނީ ދާއިރާއާއި އަލަށްގުޅިއްޖެ

ޝަހްޒާ މުޙައްމަދު - 17 ފެބްރުއަރީ 2026 - 07:20
ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނާ 39 ވަކީލުން ގުޅިއްޖެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 28 އަންހެން ވަކީލުންނާއި 11 ފިރިހެން ވަކީލުންނެވެ. މިކަމައްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަކީލުންނަށް ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ ފާތިމަތު ފަރްހީޒާއެވެ. މި ހުއްދަ ވަކީލުންނާއި ހަވާލުކޮށްދެއްވައިފައިވަނީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ސްޕްރިމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
އަލަށް ގުޅުނު 39 ވަކީލުންނާއެކު މިހާރު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 1,952 އެވެ. މީގެ ތެރެއިން 533 ވަކީލުންނަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ވަކީލުންނެވެ.

އެ ރަސްމިއްޔާޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ވާހަކަދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނީ ވަކީލުކަމުގެ މަސައްކަތަކީ ތާރީޚީ ގޮތުން އެންމެ ދުވަސްވީ އަދި ކޮންމެހެން ބޭނުންތެރި ޚިދުމަތެކެވެ. މީގެ އިތުރުން، ކޮންމެ ވަކީލެއްގެވެސް އެންމެ މުހިންމު މަސްއޫލިއްޔަތަކީ ތިމާގެ މުވައްކިލުގެ ޙައްޤުތައް ދެމެހެއްޓުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. މުޙައްމަދު އިބްރާހީމްގެ ވާހަކަފުޅުގައި، ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާއިރު އިޚްލާޞްތެރިކަމާއެކު ފަރުވާތެރިކަމަށް އިސްކަންދީގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ވަކީލުންނަށް އިލްތިމާސްކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
އަސްލުޓީވީ ބޮޑު އިނާމްގެ ތިންވަނަ ހަފްތާގެ އިނާމް ހަވާލްކޮށްފި
ގަޑިއިރެއް ކުރިން

ތިނަދޫ ސިޓީގައި އެމްޑީޕީގެ ކެމްޕޭން އިފްތިތާހްކޮށްފި
2 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އަލުން ހުޅުވާލައިފި
3 ގަޑިއިރު ކުރިން

ކައުންސިލްތަަކަށް މެމްބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަން: ރައީސް ސޯލިހް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)