logo
އާސެނަލް އާއި ލެވަކޫސަން ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ލެވަކޫސަން ވާދަކުރި މެޗުގެ ތެރެއިން..

ރަށުން ބޭރުގައި އާސެނަލް އަތުން ބަލިވެ ލެވަކޫސަން ޗެމްޕިއަންސް ލީގުން ކަޓައިފި

profile

ހަސަން ޝަމްއޫން - 18 މާރިޗު 2026 - 01:22

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި އާސެނަލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ބަޔާން ލެވަކޫސަން މުބާރާތުން ކަޓައިފިއެވެ

https://wamco.com.mv/

ލެވަކޫސަންގެ ދަނޑުގައި މިދެޓީމު ކުޅުނު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގެ މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އާސެނަލް އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމު ޑިފެންޑަރު ބެން ވައިޓް އަދި ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ލެވަކޫސަންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ލެވަކޫސަންގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި އާސެނަލްގެ މިޑްފިލްޑަރު އެބަރެޗީ އެޒޭ ވަނީ އެޓީމަށް މެޗުގެ ލީޑުހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޑެކުލަން ރައިސް އެވެ. އަދި މިލަނޑާއެކު މެޗު ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ ޕޯޗުގަލްގެ ސްޕޯޓިންގް ލިޒްބަން އާއި ދެކޮޅަށެވެ. ސްޕޯޓިންގ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ނޯވޭގެ ބޯޑޯ ގްލިމްޓް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk