
ތެލާއި ގޭސް ނެތިގެން އިންޑިޔާގެ ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު!

ރިޟްވާން މޫސާ - 11 މާރިޗު 2026 - 07:54
އީރާނުގެ ހަނގުރާމަ އާއި ގުޅިގެން ކެއްކުމަށް ބޭނުންކުރާ ގޭހުގެ ސަޕްލްލައިއަށް ބުރޫ އަރައި އިންޑިއާގެ ރެސްޓޯރެންޓުތައް ބަންދު ކުރަން ޖެހިދާނެ ބިރު އެބައޮތްކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ
އިންޑިޔާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އިމްޕޯޓްކުރާ ގައުމެވެ.
އިންޑިއާ އިން މިދިޔަ ހަފްތާ ވަނީ ގޭގޭގައި ބޭނުންކުރާނެ ގޭހުގެ ސަޕްލައި އިތުުރުކޮށްދިނުމަށް އުފައްދާ ކުންފުނިތަކުގައި އެދިފައެވެ. ނަމަވެސް ހޮޓެލްތަކާއި ރެސްޓޯރެންޓުތަކަށް އެކަށީގެންވާ ގޭހުގެ ސަޕްލައި ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އިންޑިއާގެ ތެލާ ބެހޭ ވުޒާރާއިން ބުނީ ރެސްޓޯރެންޓްތަކަށާއި އެހެން ސިނާއަތްތަކަށް އެލްޕީޖީ ފޯރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތައް ރިވިއު ކުރުމަށް ޕެނަލެއް އެކުލަވާލާފައިވާ ކަމަށެވެ.
ތެލާއި ގޭހުގެ އަގު އެހާ ބޮޑަށް އުފުލިފައި މިވަނީ, ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅިން ބޯޓުތައް ދަތުރު ކުރުން ހުއްޓި، ހަކަތައިގެ އަގު އުފުލި, ދަތުރުފަތުރުގެ ހަރަދުތައް މައްޗަށް ގޮސް، ގަތަރާއި ސައުދީ އަރަބިއްޔާ ފަދަ ގަލްފުގެ އުފެއްދުންތެރިންގެ އެކްސްޕޯޓަށް އަސަރުކޮށްފައިވާތީއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާ އާއި އިޒުރޭލުން އަމިއްލަ މަހާނަ ކޮންނަނީބާ؟
3 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
3 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)