
ބުރާސްފަތިން ފެށިގެން ކައްކާ ގޭހުގެ އަގު ބޮޑުކުރަނީ

އައިމަން ޢަބްދުއްސައްތާރު - 07 އޭޕްރީލު 2026 - 04:39
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން އާންމުންނަށް ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑު ކުރަން ނިންމައިފި އެވެ.
ކޯލް ސެންޓަރުން ބުނީ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މިހާރު ވެސް ގޭސް ވިއްކާ އަގުގައި ގޭސް ފުޅި ލިބޭނެ ކަމަށެވެ.
"ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ވިއްކާނީ ބޮޑު ކުރަން ނިންމާފައިވާ އަގުތަކުގައި،" ކޯލް ސެންޓަރުން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
އާންމުކޮށް ގޭބިސީތަކުގައި ކައްކަން ބޭނުން ކުރާ 10 ކިލޯ ގޭސް ފުޅިއެއް މިހާރު ވިއްކަމުން އަންނަނީ 200ރ. އަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން 10 ކިލޯގެ ގޭސް ފުޅިއެއް ވިލާ ގޭހުން ވިއްކާނީ:
- 350ރ. އަށް؛ މިއީ ފުޅިއަކުން 150ރ. އަދި %75 ބޮޑުވުމެއް
އޭގެ އިތުރުން، މިހާރު 450ރ. އަށް ވިއްކާ 20 ކިލޯގެ ގޭސް ފުޅިއެއް ބުރާސްފަތިން ފެށިގެން ދެން ވިއްކާނީ:
- 650ރ. އަށް؛ މިއީ، 200ރ. ނުވަތަ %44ގެ ބޮޑުވުމެއް
ފަސް ކިލޯގެ ގޭސް ފުޅިއަށް ގެންނަ ބަދަލު އަދި ސާފެއް ނޫނެވެ.
މިދިޔަ ފެބްރުއަރީ މަހު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ގޭހުގެ އަގު ވަނީ އުފުލިފަ އެވެ. އެއާއެކު ބައެއް ގައުމަތަކުގައި ގޭސް ވިއްކާ އަގުތަކަށް އޭރުން ފެށިގެން ބަދަލު ގެނެސްފައިވެ އެވެ.
ސަރުކާރުގެ ގޭސް ކުންފުނި، މޯލްޑިވް ގޭހުން އަދި މިހާތަނަށް ގޭހުގެ އަގު ބޮޑު ކުރަން ނިންމާފައެއް ނުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
ސިކުންތުކޮޅެއް ކުރިން

ސައިންސް ގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ: މެޑަިމް ސާޖިދާ
މިނިޓެއް ކުރިން

މަސްދަޅު ކުރީގެ އަގުގައި ވިއްކަން ނިންމައިފި
މިނިޓެއް ކުރިން

ވޭމަންޑޫ ބިން ހިއްކައި ނިންމާލައިފި
2 މިނިޓު ކުރިން


.gif&w=3840&q=75)