
މަސްދަޅު ކުރީގެ އަގުގައި ވިއްކަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2026 - 07:32
މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގު ބޮޑުކުރި ކުރުން ބާތިލްކޮށް ކުރީގެ އަގުގައި ވިއްކަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ރޭ ބުނީ އެ ކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިފްކޯ އިން ރޭގައި ކުރިން 19 ރުފިޔާ އަށް މަސްދަޅު ވިއްކަން ނިންމައި އެކަން އިއުލާން ކުރިތާ ގަޑިއިރެއް ވެސް ނުވަނީ ސް އަލުން ވަނީ ކުރިން ވިއްކި އަގަށް ވިއްކަން ނިންމައި އެކަން އިއުލާންކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
2 ގަޑިއިރު ކުރިން

ސައިންސް ގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ: މެޑަިމް ސާޖިދާ
2 ގަޑިއިރު ކުރިން

ވޭމަންޑޫ ބިން ހިއްކައި ނިންމާލައިފި
2 ގަޑިއިރު ކުރިން

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާ ދެ އަންހެނުން ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)