
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާ ދެ އަންހެނުން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2026 - 04:43
ރާއްޖެއަށް ދެކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ދެ އަންނެހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޖެނިފަރ ޕައުލް އާއި އުލްފަތު ރަސޫލް އެވެ.
އެޕްރީލް 1 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއާޕޯޓުން އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ 2174 ގްރާމް ހުރި އިރު އެތަކެތީގެ ތަހުލީލުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ






.gif&w=3840&q=75)