
ސައިންސް ގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ: މެޑަމް ސާޖިދާ

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2026 - 07:32
ސައިންސް ގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ ކަމަށް ފަސްޓް ލޭޑީ މެޑަިމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމުކަމަށެވެ.
އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އދ އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި، އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހަކީ، ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 7ވަނަ ދުވަހެވެ.
މިއަހަރުގެ މިދުވަހުގެ ޝިޢާރު ކަމަށްވާ "ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" މި ޝިޔާރުގެ ދަށުން މިއަހަރުވެސް ދުނިޔޭޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
2 ގަޑިއިރު ކުރިން

މަސްދަޅު ކުރީގެ އަގުގައި ވިއްކަން ނިންމައިފި
2 ގަޑިއިރު ކުރިން

ވޭމަންޑޫ ބިން ހިއްކައި ނިންމާލައިފި
2 ގަޑިއިރު ކުރިން

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާ ދެ އަންހެނުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)