
ވޭމަންޑޫ ބިން ހިއްކައި ނިންމާލައިފި

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2026 - 07:32
ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވޭމަންޑޫގެ ބިން ހިއްކާ ނިމުނުކަން އިއުލާންކޮށް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވީ 23 ދުވަހުގެ ތެރޭގައި ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.
ވޭމަންޑޫބިން ހިއްކުމުގެ އިތުރުން ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާއެވެ.
މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ އަގަކީ 113.19 މިލިއަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
2 ގަޑިއިރު ކުރިން

ސައިންސް ގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ: މެޑަިމް ސާޖިދާ
2 ގަޑިއިރު ކުރިން

މަސްދަޅު ކުރީގެ އަގުގައި ވިއްކަން ނިންމައިފި
2 ގަޑިއިރު ކުރިން

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިޔާ ދެ އަންހެނުން ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)