logo

ހަނގުރާމަ އާއި ގުޅިގެން ހަރަދުކުޑަކުރަން އެމްޕީއެލް އިން ވެސް ފިޔަވަޅުތައް އަޅަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2026 - 07:35

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ އާއި ގުޅިގެން ހަރަދުތައް ކުޑަކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

https://wamco.com.mv/

އެމްޕީއެލް އިން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަަމަށެވެ.

އެމްޕީއެލް އިން ހަރަދު ކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި

ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން.

ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަނޑައެޅުން. ކުރިން މި މުވައްޒަފުން ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށް

އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުން.

ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލުން.

ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރެއް ހުއްޓާލުމުގެ އިތުރުން، ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ހަމަޖައްސާ ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަދަރުތައް ވީހާވެސް ކުޑަކުރުން. އަދި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.

ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން.

މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރެވިފައިވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަސްކުރުމަށް މި ކުންފުނިން ވަނީ ނިންމައިފަ. މި ކޮންފަރެންސް މިހާރު ތާވަލްކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް.

ކަރަންޓުގެ ހަރަދު ކުޑަކުރުން

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުން.

އަދި، ހަރަދު ކުޑަކުރުމަށް އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

އަދި، މި ބަދަލާއެކުވެސް، މުދާ ބޭލުމާއި ކްލިއަރކުރުމުގެ ހިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ އަރުވާފައެވެ.

އެމްޕީއެލް އިން ހަރަދުކުޑަކުރަން ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ޕީސީބީ އިން ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެކުލެވޭ ސާރކިއުލަރ އެއް ކުންފުނިތަކަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk