
މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2026 - 12:18
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ގުޅިގެން ފިތުނަ އުފައްދަން އެމަނިކުފާނު 2028 ވަނަ އަހަރު ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް ކަމަށް ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ރިޔާޒް ވިދާޅުވީ މިނިސްޓަރ ޒަމީރަކީ ދުވަހަކުވެސް ވެރިކަމަށް އަންނަން ޝައުގުވެރިވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ވެރިކަމަށް އައުމަށް މިނިސްޓަރ ޒަމީރު މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ މިއަދު މޫސާ ޒަމީރު ކުރައްވާ މަސަކަތްޕުޅާ ހޯދާ ކާމިޔާބީ ފެނި ހަސަދަވެރިވާ ބަޔަކު ފަތުރާ ދޮގު ވާހަކައެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ އޮންލައިން މީޑިއާ އަކުން ގެނެސްދީފައިވާ ހަބަރެއްގައި ބުނެފައިވަނީ މިނިސްޓަރ ޒަމީރު ރާއްޖޭގެ ވެރިކަމަށް 2028 ވަނަ އަހަރު ގެނައުމަށް ޕީއެންސީގެ ތެރެއިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިކަން ފެށުނީ ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުމުން ކަމަށްވެސް ބުނެފައިވެއެވެ.
މޫސާ ޒަމީރަށް ތާއީދުކޮށް ޒަމީރު 2028 ޖަހާފައިވާ ގިނަ ޕޯސްޓްތަކެއް ދައުރުވަމުންދާ ކަމަށްވެސް ހަބަރުގައި ބުނެފައިވެއެވެ.
ޕީއެންސީގެ ބައެއް މެންބަރުންނާއި އިސް ސަފުގެ ބޭފުޅުން މޫސާ ޒަމީރަށް ތާއީދުކުރަން ފެށުމަކީ ރައީސް މުއިއްޒަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ކަމަށްވެސް އޮންލައިން ނޫހުގައި ޝާޢިއު ކޮށްފައިވާ ހަބަރުގައި ބުނެފައިވެއެވެ.
ޕީއެންސީގެ ހިންގުމަށް އަދި މިހާތަނަށް ބަދަލުތަކެއް ގެނެސްފައިނުވާއިރު، ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީ އިންނާއި ޑީއެމްޑީ އިން މަގާމުން ވަކި ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
9 ގަޑިއިރު ކުރިން

އައ.ިއ.ޯޓ.ީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)