
ސީލައިފް އަންމަޓީގެ މައްޗަށް ކުށް ސާބިތެއްނުވި! ޕީޖީ އިން މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރަނީ

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2026 - 12:17
މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ހޯދައި ފިލި ސީލައިފް ގްލޯބަލްގެ ވެރިޔާ، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަހުމަދު މޫސާގެ މައްޗަށް ތުހުމަތުކުރެވެނީ، 2014 ވަނަ އަހަރު ވެރިކަންކުރި ސަރުކާރުން ހުޅުމާލެއިން ދޫކުރި ބިމެއްގައި 3،000 ފްލެޓް ތަރައްގީކުރާނެ ކަމަށް ބުނެ، 280 ފަރާތެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. ދައުލަތުން 42 ހިޔާނާތްތެރިވުމުގެ ދައުވާ، 30 މެއި 2021 ގައި ވަނީ ރަސްމީކޮށް ހުށަހަޅައިފަ އެވެ.
ކްރިމިނަލް ކޯޓުން ދައުވާ ސާބިތުނުވާ ކަމަށް ނިންމީ، ތިރީގައިވާ ސަބަބުތަކަށް ބިނާކޮށެވެ
އަހްމަދު މޫސާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމަކީ ޖިނާއީ ކުށެއް ނޫން ކަމަށާއި، ތޮބީއަތުގައި މަދަނީ ސިފަ ހިމެނޭ މުއާމަލާތްތަކެއް ކަމަށް ކޯޓުން ކަނޑައެޅުން.
އެހެންކަމުން ޖިނާއީ ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ފިޔަވަޅު އަޅަން ޖެހޭ ނަމަ، އެކަން ކުރަންވާނީ މަދަނީ ދައުވާގެ ނިޒާމުގެ ތެރެއިން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާނެއް ނެރެ، ހިޔާނާތްތެރިވުމުގެ ކުށް ސާބިތުކުރެވޭ ހަމަތައް ދައުވާތަކުގައި ފުރިހަމަ ވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް، ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެ އެވެ.
ކޯޓަށް ހުށަހެޅި ހެކިތަކަށް ރަނގަޅަށް ރިއާޔަތްނުކޮށް، ދަށު ކޯޓުން ނިންމީ ދެ ފަރާތުގެ ދެމެދު ހިނގި ކަންކަމަކީ މަދަނީ ތޮބީއަތުގެ މުއާމަލާތްތަކެއް ކަމަށް.
ހިޔާނާތްތެރިވުމުގެ ކުށް ގާނޫނުގައި ތަފްސީލްކޮށްފައިވާ ގޮތާ ތަފާތު، ގޯސް ތަފްސީރެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށްވެސް ކޯޓްގެ ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން، ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގެ އެއްގެ މަތިން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި
ގަޑިއިރެއް ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
3 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
3 ގަޑިއިރު ކުރިން

ބީއެމްއެލް އާއި އެސްއޯއީއެމް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)