logo
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަށް ވާދަކުރައްވާ ދެ ބޭފުޅުން

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަށް ވާދަކުރައްވާ ދެ ބޭފުޅުން

ސަޢީދާއި ޞާދިގު ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަނީ

profile

ރިޟްވާން މޫސާ - 02 މޭ 2026 - 13:22

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އަޙްމަދު ސަޢީދާއި ޢަބްދުﷲ ޞާދިޤު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

މި އިންތިޙާބަށް ފޯމު ހުށައެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުސަތުގެ ސުންގަނޑި ވަނީ މިއަދު މެންދުރު ފަހު 15:00 އަށް ހަމަވެފަ އެވެ. އެހެން ކަމުން އިންތިހާބުގައި ވާދަކުރެއްވުމަށް އެދި ހުށައަޅާފައިވަނީ ޖުމްލަ ދެ ފަރާތް ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އަޙްމަދު ސަޢީދު ހުށަހެޅުއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ފަރާތުން ކަމަށެވެ. އަދި ޢަބަދުﷲ ޞާދިޤު ފޯމު ހުށަހެޅުއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީންނެވެ. މިދެބޭފުޅުންގެވެސް ކެންޑިޑަސީ ޤަބޫލްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓު ސަޢީދަށް ދީފައިވަނީ ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. ސަޢީދު މިހާރު ހުންނެވީ އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައެވެ.

އެމްޑީޕީން ޞާދިޤުއަށް އެ ޕާޓީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އިތުރު އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ. ޞާދިޤުވަނީ އައްޑޫގެ ކުރީގެ މޭޔަރުގެ މަޤާމު އަދާކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk