
ޝަހުޒާން އާއި ލީވާން ދޫކޮށްލަން އައިއެފްޖޭ އާއި ސީޕީޖޭ އިން ގޮވާލައިފި

ރިޟްވާން މޫސާ - 13 މޭ 2026 - 07:45
'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެ ދެ ނޫސްވެރިން މިނިވަންކަން ކުރަން އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.
ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށް ބުނެ އެވެ.
ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ.
ސީޕީޖޭ އިން ބުނީ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލަންޖެހޭ ކަމަށާއި އަދި ޝަރުއީ ދާއިރާ މެދުވެރިކޮށް އެ ނޫހާ މެދު ހިންގަމުންދާ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އައިއެފްޖޭއިން ބުނީ ދެ ނޫސްވެރިން ޖަލަށްލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ކޯޓުގައި އެދިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލް އިން 'ކޮލެބް 26 ހެކަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

މޯދީގެ އެންގުމާއެކު އިންޑިޔާގެ ފަތުރުވެރިން މަދުވާނެ ކަމުގެ އިންޒާރެއް!
2 ގަޑިއިރު ކުރިން

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމައިފި
2 ގަޑިއިރު ކުރިން

ވިދިވިދިގެން ހަތްވަނަ ފަހަރު އުގާންޑާގެ ރައީސް ކަމަށް ޔޮވެރީ މުސެވޭނީ ހުވާކުރައްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)