
ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމައިފި

ރިޟްވާން މޫސާ - 13 މޭ 2026 - 08:51
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.
މީގެ ކުރިން ވެސް ނާޒިމް މަޖިލީހުގެ ނައިބް ރައީސް ކަމުން ވަކިކުރުމަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަން އެނގިފައިވެ އެވެ. އެހެން ނަމަވެސް މީގެ ކުރިން މި ފަދަ މަޝްވަރާ ތަކެއް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ރަސްމީ ހައިސިއްޔަތުން ކޮށްފައި ނުވާނެ ކަމަށް އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވަނީ ބުނެފަ އެވެ
ނާޒިމް މަޖިލީހުގެ ނައިބް ރައީސްކަމުން ވަކިކުރަން ޕީއެންސީން ނިންމި އިރު މިއަދު ހެނދުނު އޭނާ ވަނީ ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ ވަޓްސް އަޕް ގްރޫޕުންވެސް ބޭރުކޮށްލާފައިކަން ވެސް އެނގިފައިވެ އެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ނިންމާފައިވަނީ ނާޒިމް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލް އިން 'ކޮލެބް 26 ހެކަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

މޯދީގެ އެންގުމާއެކު އިންޑިޔާގެ ފަތުރުވެރިން މަދުވާނެ ކަމުގެ އިންޒާރެއް!
2 ގަޑިއިރު ކުރިން

ޝަހުޒާން އާއި ލީވާން ދޫކޮށްލަން އައިއެފްޖޭ އާއި ސީޕީޖޭ އިން ގޮވާލައިފި
3 ގަޑިއިރު ކުރިން

ވިދިވިދިގެން ހަތްވަނަ ފަހަރު އުގާންޑާގެ ރައީސް ކަމަށް ޔޮވެރީ މުސެވޭނީ ހުވާކުރައްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)