logo
އިންޑިޔާ ގެ ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝެނަލް އެއާޕޯރޓްގައި

އިންޑިޔާ ގެ ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝެނަލް އެއާޕޯރޓްގައި

މޯދީގެ އެންގުމާއެކު އިންޑިޔާގެ ފަތުރުވެރިން މަދުވާނެ ކަމުގެ އިންޒާރެއް!

profile

ރިޟްވާން މޫސާ - 13 މޭ 2026 - 08:59

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެގައުމުގެ ރައްޔިތުންނަށް ޗުއްޓީގެ ދަތުރުތައް މަދުކުރުމަށް ގޮވާލުމާއެކު ރާޢްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފި އެވެ

https://wamco.com.mv/

މޯދީ އިންޑިޔާގެ ރައްޔިތުންނަށް ގޮވާލާފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކިުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އެކަމުގެ އަސަރު ކުރަމުންދާތީ އެގައުމުގެ ރައްޔިތުންގެ ފަރާތުން ޙަރަދު ކުޑަ ކުރުމުގެ ގޮތުން ބޭރު ގައުމުތަކަށް ޗުއްޓީފަދަ ކަންކަމަށް ކުރަމުންދާ ދަތުރުތައް ވެސް މަދުކޮށްދިނުމަށް އެދި އެވެ.

އިންޑިޔާ އަކީ ރާޢްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ އެއް ގައުމުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އިންޑިއާއިން އަހަރުގެ މިހާތަނަށް 42،482 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރު ވެސް ހަވަނައިގައި އޮތް މާކެޓެވެ.

މޯދީ ވިދާޅުވީ ކޮވިޑް ދުވަސްވަރު އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފަދައިން ފިޔަވަޅު އަޅައިފިނަމަ، އިންޑިއާގައި ތެޔޮ ބޭނުންކުރުން މަދުވެ، ބޭރު ފައިސާ ސަލާމަތްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އެ ގައުމުން 90 ޕަސަންޓް ތެޔޮ އިމްޕޯޓްކުރާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ތެޔޮ ގަންނަން ޚަރަދު ކުރާ މިންވަރު ވަނީ އެތައް މިލިއަން ޑޮލަރަކަށް އިތުރުވެފައެވެ.

ހަނގުރާމަ ފެށިފަހުން ތެލުގެ އަގު އުފުލުމާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމަށް ފިޔަވަޅުތައް ތައާރަފްކޮށްފައެވެ.

ޗައިނާއިން ވަނީ އެގައުމުގެ ތެޔޮ ރިފައިނަރީތަކުން މި ވަގުތަށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލުމަށް އަމުރުކޮށްފައެވެ. އަދި ޗައިނާގެ ބައެއް އެއާލައިންތަކުން ޖެޓް ފިއުލްގެ އަގު ބޮޑުވުމުން ފްލައިޓްތައް ވަނީ މެދުކަނޑާލާފައެވެ. އޮސްޓްރޭލިއާގެ ބައެއް ސްޓޭޓްތަކުން ވަނީ އާންމު ދަތުރުފަތުރު ހިލޭ ނުވަތަ ދަތުރުފަތުރުގެ އަގު ދެބައިކުޅަ އެއްބައި ކުޑަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk