
ވިދިވިދިގެން ހަތްވަނަ ފަހަރު އުގާންޑާގެ ރައީސް ކަމަށް ޔޮވެރީ މުސެވޭނީ ހުވާކުރައްވައިފި

ރިޟްވާން މޫސާ - 13 މޭ 2026 - 07:04
ވިދިވިދިގެން ހަތްވަނަ ފަހަރު އުގާންޑާގެ ރައީސް ކަމަށް ޔޮވެރީ މުސެވޭނީ ރައީސް ކަމުގެ ހުވާކުރައްވައިފި އެވެ.
ހަތްވަނަ ދައުރަކަށް ޔޮވެރީ މުސޭވޭނީ އިންތިހާބު ވިއިރު އެމަނިކުފާނުގެ އުމުރު ފުޅުން މިހާރު 81 އަހަރު ވަނީ ފުރިފަ އެވެ.
އުގަންޑާގެ ވެރިރަށް ކަމްޕަލާގައި ބޭއްވި މި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ބޮޑަށް ސަލާމަތްތެރިކަންވެސް ވަރުގަދަކޮށްފަ އެވެ.
މުސެވޭނީ ވަނީ އާ ދައުރުގައި ފޯކަސް ކުރަންވީ އިތުރު މުއްސަނދިކަމާއި ވަޒީފާ އުފެއްދުމަށާއި ވޭތުވެދިޔަ 40 އަހަރު ތެރޭގައި ލިބުނު ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ގައުމަށް ތަރައްގީ ގެންނަން ކަމަށެވެ. އިންތިޚާބުގައި 70 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯއްދެވި މުސެވޭނީގެ ދައުރު ނިމޭނީ 2031 ވަނަ އަހަރެވެ.
މުސެވޭނީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، 1986 ވަނަ އަހަރު ނަމަވެސް އޭގެ ފަހުން ވަނީ ހަތް އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.
އޭނާއަކީ 40 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ތިބި އެފްރިކާގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެ ލީޑަރުންގެ ތެރޭގައި ކޮންގޯ-ބްރަޒާވިލްގެ ޑެނިސް ސަސޯ ންގްއެސޯއާއި އިކުއެޓޯރިއަލް ގިނީގެ ޓިއޯޑޯރޯ އޮބިއަންގް އަދި ކެމަރޫންގެ ޕޯލް ބިޔާ ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލް އިން 'ކޮލެބް 26 ހެކަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

މޯދީގެ އެންގުމާއެކު އިންޑިޔާގެ ފަތުރުވެރިން މަދުވާނެ ކަމުގެ އިންޒާރެއް!
2 ގަޑިއިރު ކުރިން

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމައިފި
2 ގަޑިއިރު ކުރިން

ޝަހުޒާން އާއި ލީވާން ދޫކޮށްލަން އައިއެފްޖޭ އާއި ސީޕީޖޭ އިން ގޮވާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)