logo

ޝިއާއު މަރާލަން ބޭނުންކުރި ވަޅިތަކާއި ހެދުންތައް ކޯޓަށް ދައްކައިފި

profile

މުޙައްމަދު ފަޟްލޫން - 27 އޭޕްރީލު 2026 - 16:32

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި، ހާދިސާ ހިނގި ތަނުން ފެނުނު މާއްދީ ހެކިތައް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

https://wamco.com.mv/

މީގެ ތެރޭގައި ކުށް ކުރަން ބޭނުންކުރި ކަމަށް ބެލެވޭ ތިން ވަޅިއާއި، ދައުވާ ލިބޭ ސާހިލް އަލީ އެ ވަގުތު ލައިގެން ހުރި އަންނައުނުގެ އިތުރުން ސިއްރު ކުރެވިފައިވާ ބައެއް އެހެނިހެން ހެކިތައް ހިމެނެއެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހު ހެންވޭރުގެ ގެއެއްގެ ތެރޭގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ފ. ނިލަންދޫ، ސާހިލް އަލީގެ މައްޗަށް ދައުލަތުން ވަނީ ޖުމްލަ ފަސް ދައުވާއެއް އުފުލާފައެވެ.

މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު، މިއަދުގެ އަޑުއެހުމުގައި ހެކިތައް ދައްކައި، އެއާ ގުޅޭގޮތުން ދައުލަތުން ވާހަކަދައްކާފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ހެކިތަކާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ކުރިން އެ ތަކެތި ބަލައި ދިރާސާކުރުމަށް ސާހިލް އެދުމުން، ކޯޓުން ވަނީ އޭނާއަށް އެ ފުރުސަތު ދީފައެވެ. ހެކިތައް ބެލުމަށް ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން، މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk