logo

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަފީފް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 އޭޕްރީލު 2026 - 13:15

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަފީފް ހުސެއިން އައްޔަނުކޮށްފިއެވެ.

https://wamco.com.mv/

ފެނައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި، އެމްޑީގެ މަގާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުހައްމަދު އަފީފު ހުސެއިން އައްޔަންކުރައްވާފައިވަނީ މިއަދުއެވެ.

އަފީފަކީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައިވާ ތައުލީމީ ބޭފުޅެކެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވާ އަފީފަކީ، ބެލެންސްޑް ސްކޯކާޑް އަދި ރިސްކް މެނޭޖްމަންޓް ފަދަ ފަންނީ ދާއިރާތަކުން ސަނަދު ހާސިލުކުރައްވައިގެން ހުންނެވި، އިދާރީ ހިންގުމާއި އިސްތިރާތީޖީ ރޭވުންތެރިކަމުގެ ހުނަރުވެރި އެކްސްޕަރޓެކެވެ.

ދައުލަތުގެ ޚިދުމަތުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަފީފަކީ، އުމްރާނީ ތަރައްޤީއާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ އިދާރީ އޮނިގަނޑު ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމްޓީސީސީ ގެ ޗެއާމަންކަން ކުރެއްވުމުގެ އިތުރުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މީގެއިތުރުން، ސަރަހައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk