logo

އާސަންދަ ކަވަރުނުކުރާ ބޭހަކާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތައް ސްޓޭޓް ފާމާއިން ސާފުކޮށްދީފި

profile

އާމިނަތު ޝަޒްލާ - 04 ޖުލައި 2026 - 16:43

ރާއްޖޭގެ އާސަންދައިގެ ދަށުން ކަވަރުނުކުރާ ބޭހެއްގެ އަގާ ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން، އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިކަމާ ގުޅިގެން މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ހެންވޭރުގައި ހުންނަ ސްޓޭޓް ފާމާ ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކޮށްފައިވެއެވެ. އެ ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 (ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް ރުފިޔާ ފަނަރަ ލާރި) އެވެ.

ސްޓޭޓް ފާމާއިން ބުނި ގޮތުގައި، މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވި ނަމަވެސް، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރެއް ކަމަށްވާ 'ސްލިޕް' މެދުވެރިކޮށް އެ ފާމަސީންނެވެ.

މީސްމީޑިއާގައި ކުންފުނީގެ ލެޓަރހެޑްގައިވާ ކޮޓޭޝަނެއް ދައުރުވަމުންދާއިރު، އޭގައި ބޭހުގެ އަގު 6,000 ރުފިޔާއަށްވުރެ މަތީގައި ހުރީ ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ބޭހުގެ އެކި ބްރޭންޑްތަކުގެ އަގުތަކަށް ބަދަލު އައުމަކީ އާންމުކޮށް ވެސް ދިމާވާ ކަމެކެވެ.

މީގެ އިތުރުން، އާސަންދައިން ކަވަރު ނުކުރާ މިފަދަ ބޭސްތަކަކީ ގިނަ ފަހަރު 'ވިރަ' މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ފޯރުކޮށްދޭ ބޭސްތަކެކެވެ. އެހެންކަމުން، މި ބޭސްތަކަށް ކަސްޓަމަރުގެ އަތުން ސީދާ ފައިސާ ނަގާފައިވާ ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ފެތުރުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށް ސްޓޭޓް ފާމާއިން ވަނީ ބުނެފައެވެ.

މި ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk