logo

ސާދިގް މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 08:02

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ)، މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޞާދިޤަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދެވެ.

ހުވާކުރެއްވުމަށްފަހު، މެންބަރުކަމުގެ އިޤްރާރުގައި އޭނާ ވަނީ ސޮއިކުރައްވާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި ޕީއެންސީގެ މެންބަރު އަޙްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގައި ސާދިގު ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސަޢީދު (ސޮޑާ) އާ ވާދަކުރައްވައި 1،375 ވޯޓު ހޯއްދަވައިގެންނެވެ.

ސާދިގު މަޖިލީހަށް އިންތިހާބުވުމާއެކު، މަޖިލީހުގައި ތަމްސީލުކުރާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ.

ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރުގެ އިތުރުން، އެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk