
ރާއްޖެއިން ޔޫޢޭއީ އާއި ގަތަރަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުންދީފި

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 08:07
ދިވެހިރާއްޖެއިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ގަތަރަށް ކަނޑައެޅުއްވި އާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.
ޔޫ.އޭ.އީގެ ސަފީރުކަމަށް ރުހުން ދެއްވާފައިވަނީ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމަށެވެ.
ގަތަރުގެ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ދެއްވީ ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށް، މިއަދުގެ ޖަލްސާއަށް ވަނީ އެ ރިޕޯޓް ހުށަހަޅާފައެވެ.
މަޖިލީހުގައި ނެގި ވޯޓުގައި މި ދެ ބޭފުޅުން އައްޔަންކުރުމަށް ފެންނަކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ޔޫ.އޭ.އީގެ ސަފީރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި، އަދި މިހާރުގެ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް އެ މަގާމުން ވަކިކުރެއްވީ މިދިޔަ އޭޕްރީލް މަހުގައެވެ.
ގަތަރަށް ރާއްޖޭގެ ފަރާތުން ސަފީރަކު އައްޔަންކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. ރައީސް މުޢިއްޒު ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ގައެވެ. ނަމަވެސް، އެ ގައުމަށް ސަފީރަކު ކަނޑައެޅުއްވުމަށް މަޖިލީހުން މިއަދު ރުހުން ދެއްވުމާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއް!
ގަޑިއިރެއް ކުރިން

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ގެނެސްފި
3 ގަޑިއިރު ކުރިން

ސޯދިގް މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
3 ގަޑިއިރު ކުރިން

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ތައާރަފްކޮށްދެއްްވައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)