
އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ގެނެސްފި

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 08:16
ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން އޮސްޓްރޭލިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ހެނދުނު ރާއްޖެ ގެނެސްފިއެވެ.
އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ދަތުރުކޮށް، މި އުޅަނދު ހުޅުމާލޭ ބަނދަރަށް ވަނުމުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް ވަނީ ރަސްމީކޮށް މަރުޙަބާ ދަންނަވާފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ކަނޑުމަތީގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން މި އުޅަނދު ހުޅުމާލޭ ބަނދަރަށް ވަދެފައިވަނީ ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާ އެކުގައެވެ. އަދި އުޅަނދު ބަނދަރަށް ވަނުމާއެކު ވޯޓަރ ސެލިއުޓެއް ވަނީ އަރުވާފައެވެ.
ހުޅުމާލޭގައި ކޯސްޓްގާޑު އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުގައި މި މަނަވަރު ބަނދަރުކުރުމާ ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް ވަނީ އުޅަނދަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު އޮސްޓްރޭލިއާ ސަރުކާރާ ގުޅިގެން ހޯއްދަވައިދެއްވި މި އުޅަނދަކީ، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ތަރައްގީކޮށް، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުގެ ނަތީޖާއެކެވެ.
ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ގާބިލުކަން އެމްއެންޑީއެފްގައި އަށަގަންނުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއް!
ގަޑިއިރެއް ކުރިން

ރާއްޖެއިން ޔޫޢޭއީ އާއި ގަތަރަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުންދީފި
3 ގަޑިއިރު ކުރިން

ސޯދިގް މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
3 ގަޑިއިރު ކުރިން

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ތައާރަފްކޮށްދެއްްވައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)