logo

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ރާއްޖެއަށް އެޑްވައިޒަރީޢެއް ނެރެފި

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 11:55

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ހިމެނޭ މިންވަރު މިފަހަކަށް އައިސް އިތުރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.

https://wamco.com.mv/

ރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނުތައް ހަރުކަށިކޮށް، މަރުގެ އަދަބު ދެވޭގޮތަށް އޮތްކަން ފާހަގަކޮށް އެންސީބީން ނެރުނު ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ ގައި ބަޔާންކޮށްފައިވަނީ، ޤާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ. އެހެންކަމުން، މިފަދަ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ޤާނޫނަށް ފުރިހަމައަށް ބޯލެނބުމަކީ މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކުގެ އިތުރުން ޓްރާންސިޓް ޕޮއިންޓްތަކުން ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ހަވާލުކުރާ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ފޮށިތަކާއި ދަބަސް ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާދީފައެވެ.

އެންސީބީން މި ބަޔާން ނެރުނުއިރު، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށް، ގާނޫނޫ އަދަބުތަކުގެ ހަރުކަށިކަން ހަނދާންކޮށްދީފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި ނިމިދިޔަ މަހު އެކަނިވެސް އިންޑިއާގެ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ފުރަތަމަ ދެ މީހުންގެ އަތުން 6.7 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާއިރު، އޭގެ ފަހުން ހައްޔަރުކުރި ދެ މީހުންގެ އަތުން 1.83 ކިލޯގެ ހަޝިޝް އޮއިލް ވަނީ އަތުލައިގަނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk