.jpeg&w=3840&q=75)
ޓެކްސް ފޯރަމް ބާއްވައިފި

ޝަހްޒާ މުޙައްމަދު - 15 ނޮވެމްބަރު 2025 - 10:33
މޯލްޑިވްސް ޓެކްސް ފޯރަމް މިއަދު ފަށައިފި އެވެ.
މިއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ގުޅިގެން ބާއްވާ ފޯރަމެކެވެ.
މީރުމާ އިވެންޓްސް ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދާ ފޯރަމް ފައްޓަވައި ދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ފޯރަމް އޮތީ ހަވީރު 4:30 އާ ހަމައަށެވެ.
"ޝޭޕިން އަ ސްމާޓަ ޓެކްސް ފިއުޗަ ޓުގެދާ" ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ.
މި ފޯރަމްގައި ޓެކުހުގެ ދާއިރާގެ ފަންނީ މާހިރުންނާއި ޓެކްސް ލޯޔަރުންނާއި އެކައުންޓިން ޕްރޮފެޝަނަލްސް އަދ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ޓެކްސް ތަންފީޒުކުރުމުގައިދިމާވާ ގޮންޖެހުންތަކާއި، ޓެކްސްދައްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ޓެކްސް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކުލަވައިލައިފައިވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރިއައްދެއެެވެވ
އެގޮތުން، ތަފާތު ފަސް މަޢުޟޫއަކަށް ފޯރަމްގެ ތެރޭގައި ޕެނަލް މަޝްވަރާތައް ކުރިއަށް ގެންދަން ރޭވިފައިވެ އެވެ.





