logo

ރަސްމާލެ މަޝްރޫއުގެ ދަށުން 41 ހެކްޓަރުގެ ބިން ހިއްކައިފި

profile

މުޙައްމަދު ފަޟްލޫން - 25 ޑިސެމްބަރު 2025 - 06:25

ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

https://wamco.com.mv/

ރަސްމާލޭގެ ބިން ހިއްކުން ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލުން ބުނީ މިހާތަނަށް ރަސްމާލެ މަޝްރޫއުގެ 30 އިންސައްތަ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏަކުންނެވެ.

ރަސްމާލެ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި މަސައްކަތުގައި ބޭނުންކުރަމުންދަަނީ ދުނިޔޭގެ އެންމެ ބޮޑެތި ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުންނަ ކްރިސްޓޯބަލް ކޮލޯން އެވެ.

މި ޑްރެޖަރު އޮޕަރޭޓް ކުރަނީ ޖޭން ޑި ނަލް ކުންފުނިންނެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ރަސްމާލެ ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ރައްޓެހި ސިޓީއެއްގެ ގޮތުގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay