logo

އޮޕަރޭޝަން ރިވެލި ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 25 ޑިސެމްބަރު 2025 - 08:22

އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަން ”ރިވެލި” ފަށައިފިއެވެ.
މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި މި އޮޕަރޭޝަންގައި މާލެ ސަރަހައްދާއި ހުރިހާ ރަށެއް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަމުންދާނެއެވެ.

https://wamco.com.mv/

މި އޮޕަރޭޝަންގައި މާލޭއާއި ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ވީ.ސީ.ޕީ ގާއިމުކޮށް މީހުންނާއި ސުވާލުކުރުމާއި ވެހިކަލް ޗެކްކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަމުން ގެންދާނެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ވައްކަމާއި ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމުގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މީހުން ހުއްޓުވައި ސުވާލުކޮށް އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay