logo

މިއަހަރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް

profile

މުޙައްމަދު ފަޟްލޫން - 25 ޑިސެމްބަރު 2025 - 08:21

މިހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ދަރިވަރުން ޗުއްޓީއަށް ގޮސްފިއެވެ.

https://wamco.com.mv/

މާލެ އާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ވަނީ ދަރިވަރުންގެ ރިޕޯޓް ފޯމް ދިނުން ކުރިއަށް ގެންގޮސްފިއެވެ.

އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ބޮޑު ޗުއްޓީ ފެށެނީ މި ޑިސެމްބަރު މަހުގެ 25 ގައެވެ.

މިއަހަރު ސްކޫލްތަކުގައި ކިޔެވުން ފެށީ 90،000 ދަރިވަރުންނާއި އެކުގައެވެ.

އަންނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިންންނާއެކު އެވެ.

އަދި ސަރުކާރުގެ 217 ސްކޫލްއެއްގައި 84،000 އެއްހާ ދަރުވަރުން ވަނީ ކިޔަވާފައެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމް ފަށައި މިޑް ބްރޭކް ލިބޭނީ މެއި މަހުގެ 24 އިން 30 އަށެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ 2026 އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން އޮގަސްޓް 2 ވަނަ ދުވަހު ފަށައި ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުގެ 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay