
ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ހުސްކުރަން އެޗްޑީސީން މުއްދަތެއް ދީފި

މުޙައްމަދު ފަޟްލޫން - 25 ޑިސެމްބަރު 2025 - 07:28
ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްޤީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް، ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަން ފާހަގަކޮށް، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިންގެ ފްލެޓުތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުސްކުރަން އެންގުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް އެކުންފުނިން ވަނީ އަންގާފައެވެ.
އަދި އެ ތާރީހުގެ ފަހުން، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ވެރިންނާއި އެޗްޑީސީއާ އެކު ސޮއިކޮށްފައިވާ ފްލެޓު އެއްބަސްވުން ބާތިލު ކުރާނެ ކަމުގެ އިންޒާރު ވެސް އެޗްޑީސީން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޕަރޭޝަން ރިވެލި ފަށައިފި
2 ގަޑިއިރު ކުރިން

މިއަހަރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް
2 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

13 އަހަރުގެ ކުއްޖާ މަރާލި ކަމުގެ ދައުވާ ސާބިތުވީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށް
4 ގަޑިއިރު ކުރިން


