logo

މެޑަމް ސާޖިދާ، ވަރަ އެކްސްޕޯ އިފުތިތާޙުކުރައްވައިފި

profile

ޝަހްޒާ މުޙައްމަދު - 06 ނޮވެމްބަރު 2025 - 18:54

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ވަރަ އެކްސްޕޯ 2025 އިފުތިތާޙުކުރައްވައިފިއެވެ.

https://wamco.com.mv/

މި ހިނގާ ނޮވެންބަރު މަހުގެ 6 އިން 8 އަށް ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާޙުކުރައްވާފައިވަނީ، އެ ކަމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި، ތަޢުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ވަޒީފާގެ ބާޒާރާއި، ތަޢުލީމާއި، ތަމްރީނާ ގުޅުންހުރި މަސައްކަތުބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައްވެސް މި އެކްސްޕޯގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައިމެޑަމ،ް ސާޖިދާ ވަނީ ވޭތުވެ ދިޔަ ދެ އަހަރު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ކުރައްވާފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ޚާއްޞަ ފޮތް، "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ- ތަޢުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ނެރެދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319