logo
ވަރަ އެކްސްޕޯ 2026---

ވަރަ އެކްސްޕޯ 2026---

"ވަރަ އެކްސްޕޯ 2026" ފަށައިފި

profile

ޖިނާން ޙުސައިން ޖަބީން - 26 ނޮވެމްބަރު 2026 - 14:13

ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ތަރައްގީކޮށް، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ފަށައިފިއެވެ.

https://wamco.com.mv/

މިއަދުން ފެށިގެން މި ހިނގާ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯއަކީ، ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ބާއްވާ އެކްސްޕޯއެވެ. މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި، މުސްތަގުބަލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތަކުގެ އިތުރުން ޒުވާނުންގެ އުފެއްދުންތެރިކަން ދައްކާލުމެވެ.

މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުންދާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މައުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ހުރިހާ އުމުރުފުރައަކަށް ވެސް ހުޅުވާލައިގެން، ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ބާއްވާ މި އެކްސްޕޯ ކުރިއަށްދަނީ މައިގަނޑު ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ހިމެނެނީ:

  1. 34 ބައިވެރިންނާއެކު އެކުލަވާލެވިފައިވާ ކެރިއަރ ޒޯން
  2. 32 ބައިވެރިން ތައުލީމީ ފުރުސަތުތައް ދައްކުވައިދޭ އެޑިއުކޭޝަން ޒޯން
  3. އަމަލީ ތަޖުރިބާ ހިއްސާކުރުމަށް 19 ބައިވެރިން ހިމެނޭ ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން
  4. 73 ފަރާތަކުން އުފެއްދުންތައް މާކެޓުކުރާ މާކެޓު ޒޯން

މި އެކްސްޕޯ ވެގެންދާނީ ތައުލީމީ ހަޔާތް ނިންމައި ވަޒީފާގެ އަމަލީ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ކެރިއަރުގެ އައު ހަރުފަތްތަކަށް ވާސިލުވާން އެދޭ ފަރާތްތަކަށް ބޭނުންތެރި އެތައް މައުލޫމާތަކާއި އައު އުންމީދުތަކެއް ގެނެސްދޭނެ މުހިންމު މަންސައަކަށެވެ.

https://wamco.com.mv/
tel:+9607331319