
އެމްއެމްޕީއާރްސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 13 ޖުލައި 2025 - 17:28
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް މިއަދު ބަދަލުކުރައްވައިފިއެވެ.
މި ބަދަލު ގެންނަވައި އެކަން އިޢުލާންކުރައްވާފައިވަނީ، ނަންބަރު 2025/19، ޤަރާރުންނެވެ.
މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
އަދި މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި
4 ގަޑިއިރު ކުރިން

2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ
7 ގަޑިއިރު ކުރިން

އީދު އުފާ ކުރިމަތިވާއިރު, މުސްލިމުންނަށް ގަދަރާއި ހައިބަތު ދެއްވުމަށް ރައީސް އެދިވަޑައިގެންފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)