logo

މާލެސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް، ރައީސް އޮފީހުގެ އަންޑަރ ސެކެޓްރެޓަރީގެ މަގާމަަށް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 12:14

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިހާރު ޝާއިޢުކޮށްފައިވާ މަޢުލޫމާތުތަކުން އަރީޝް އެ މަޤާމަށް އައްޔަންކުރައްވާފައިވާކަން އެނގުނު ނަމަވެސް، އޭނާ މަގާމަށް ޢައްޔަންކުރެއްވި ސީދާ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މަޢުލޫމާތުތައް އުނިކޮށްފައި ވީނަމަވެސް، އެ ބޭފުޅުންގެ ތަފްސީލުތައް މިހާރު ފެންނަން ހުންނަނީ އެ ބޭފުޅަކު ހިދުމަތްކުރައްވާ ވުޒާރާއެއްގެ ރަސްމީ ވެބްސައިޓުންނެވެ.

4 ވަނަ މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަރީޝް، ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހުއެވެ.

އަރީޝް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދެވަނަ ދައުރަކަށް އަރީޝް ވާދަކުރެއްވި ނަމަވެސް، މިހާރުގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީއާ ވާދަކުރައްވައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ރިޟްވާނަށް 1،040 ވޯޓު ލިބިވަޑައިގެންނެވިއިރު، ޢަރީޝަށް ލިބިވަޑައިގަތީ 675 ވޯޓެވެ.

މިއީ 365 ވޯޓުގެ ފަރަގެކެވެ.

ވޭތުވެދިޔަ ކައުންސިލް އިންތިހާބުގައި ނާކާމިޔާބުވި ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ސަރުކާރުގެ އެކި ވުޒާރާތަކުން އިސް މަގާމުތައް ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319