
އިސްރާއީލު މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 12:37
ހުޅަނގު އައްސޭރީގައި އިސްރާއީލު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލާއި ފަލަސްޠީނުގެ ރައްޔިތުން ވެސް ބޭނުންކުރަމުންދާ އަލްއައުޖާގެ ހައިވޭއެއްގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އިސްރާއީލުގެ އެ ފިރިހެން މީހާ ކާރުން ފައިބައިގެން ފިހާރައަކަށް ވަނުމަށްފަހު، އެނބުރި ކާރަށް އަރަން އުޅުނު ވަގުތުގައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަމަލާދިން މީހާ ވަނީ އޭނާގެ ފަހަތުން ގޮސް، ތަކުރާރުކޮށް ހަމަލާދީފައެވެ.
މި ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 24 އަހަރުގެ މީހެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ފަރުވާއަށްފަހުގައި ޒަހަމްވި މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
މި ހަމަލާ ދިން ފަރާތް ހޯދުމުގެ މަސައްކަތް އިސްރާއީލުގެ އަސްކަރިއްޔާއިން ފަށާފައިވާއިރު، އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ޖެރިކޯ ސިޓީއަށް ވެސް އެ އޮޕަރޭޝަން މިހާރު ވަނީ ފުޅާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި
4 ގަޑިއިރު ކުރިން

ބޭނުންވަނީ ތަނަވަސް އިގްތިސާދެއް ބިނާކުރަން: ރައީސް
4 ގަޑިއިރު ކުރިން

ކަސްޓަމްސް އިން 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
10 ގަޑިއިރު ކުރިން

މާލެސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް، ރައީސް އޮފީހުގެ އަންޑަރ ސެކެޓްރެޓަރީގެ މަގާމަަށް އައްޔަނުކޮށްފި
10 ގަޑިއިރު ކުރިން


