
ބޭނުންވަނީ ތަނަވަސް އިގްތިސާދެއް ބިނާކުރަން: ރައީސް

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 18:55
ދިވެހި ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް އީޖާދީ މަސައްކަތްތަކުން ކުރިއެރުން ހޯދޭނެ ފަދަ ފާގަތި އިގްތިސާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒަމާނުއްސުރެ މިފަދަ ޤައުމުތަކާ މެދު ވާހަކަދެކެވެނީ ގުދުރަތީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ހުންނަ ނާޒުކުކަމާއި، ޤައުމުތަކުގެ ކުޑަކަމުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް އެކަނި އިސްކަންދީގެން ކަމަށެވެ.
ނަމަވެސް، ނާޒުކުކަމަކީ ހަގީގަތުގެ އެއްބައިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ އަނެއް ފަރާތަކީ މި ޤައުމުތަކުގެ ސާބިތުކަން ކަމުގައެވެ.
ކުދި ޖަޒީރާ ގައުމުތަކަކީ ކުރިމަތިވާ ހުރަސްތައް އީޖާދީ ފުރުސަތުތަކަށް ބަދަލުކޮށް، ދުރުމިނުގެ ދަތިތައް ބަދަހި ގުޅުންތަކަކަށް ހަދައި، ގޮންޖެހުންތަކުގެ ތެރެއިން ކުރިއެރުން ހޯދަމުން އަންނަ ގައުމުތަކެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިޔަފާރިތަކަށް މާލީ އެހީތެރިކަން މުހިންމުވާ ފަދައިން، އައު އުފެއްދުންތަކާއި ހިދުމަތްތައް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ގުޅުންތައް ޤާއިމުކުރުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ވިޔަފާރިތަކަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމުގެ އިތުރުން، އިންވެސްޓްމަންޓްތަކަށް ހުރި ހުރަސްތައް ނައްތާލައި، ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވަނީ ދިވެހި ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް އީޖާދީ މަސައްކަތްތައްކޮށް ކުރިއެރުވޭނެ ފަދަ ތަނަވަސް އިގްތިސާދެއް ބިނާކުރުމަށް ކަމަށާއި، ކޮންމެ ފަންތިއެއްގެ ދިވެއްސަކަށް ވެސް ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އިގްތިސާދީ ކުރިއެރުމުގެ ފައިދާ މުޅި މުޖުތަމައަށް ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ކަމެއްކަންވެސް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި
4 ގަޑިއިރު ކުރިން

އިސްރާއީލު މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
10 ގަޑިއިރު ކުރިން

ކަސްޓަމްސް އިން 3.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
11 ގަޑިއިރު ކުރިން

މާލެސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް، ރައީސް އޮފީހުގެ އަންޑަރ ސެކެޓްރެޓަރީގެ މަގާމަަށް އައްޔަނުކޮށްފި
11 ގަޑިއިރު ކުރިން


