
އަނެއްކާވެސް އެފްޑީސީއަށް އިތުރު ޑީއެމްޑީއަކު ހަމަޖައްސައިފި

އައިމަން ޢަބްދުއްސައްތާރު - 21 އޯގަސްޓު 2026 - 11:07
އެފްޑީސީން މައުލޫމާތު ލިބޭގޮތުގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފައިހަތު ހަމަޖެހިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު އުފަލެކެވެ.
ފައިހަތުގެ ލީޑަޝިޕްގެ ދަށުން އެ ކޯޕަރޭޝަނަށް އިތުރު ކާމިޔާބީތަކާއި ދެމެހެއްޓެނިވި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށް އެފްޑީސީން ހާމަކުރެއެވެ.
މި މަގާމަށް އައްޔަންކުރެވުނު ފައިހަތަކީ މީގެކުރިން ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މި އައްޔަންކުރުމާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި މިހާރު ތިން ބޭފުޅުން ތިއްބަވާނެ އެވެ. އެއީ އާދަމް މުހައްމަދާއި އިބްރާހީމް ރައްޒާނެވެ.
އެ ކުންފުންޏަށް ތިން ވަނަ ޑީއެމްޑީއަކު އައްޔަންކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


