
ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 11:47
އައްޑޫ ސިޓީގައި ހިންގާ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި މަސައްކަތް ކުރަމުންދިޔަ 100 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެތައް އާއިލާއެއް ބިކަވެ ނިކަމެތިވެގެންދާނެ އަދި އެ ސިޓީގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އަނިޔާވެރި ނިންމުމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އެ މީހުންގެ ސިޔާސީ ފިކުރަށް ބަލާފައިވާކަން ޔަގީންކުރެވޭ ކަމަށެވެ. އަދި މިއީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ ރައްޔިތުންނަށް ދެވޭ އަނިޔާއަކާއި ކުރެވޭ ބޮޑު ތަފާތުކުރުމެއް ކަމަށް ފާހަގަކުރައްވައި، އެފަދަ ކަންކަމާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އައްޑޫ ސިޓީގެ ތަރައްގީއަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ރައްޔިތުންނަށް އަނިޔާވެރިވުމާއި، ކަންކަން އޮޅުވާލުން މިހާރު އިތުރުވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުގެ މިފަދަ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކުގެ ތެރެއިންނާއި ގާނޫނީ އިމުގެ ތެރެއިން އިހުތިޖާޖަށް ނުކުތުމަށް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ.
މޭޔަރު އަލީ ނިޒާރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ހޯދުމަށާއި، މި އަނިޔާވެރި ނިންމުންތަކާ ދެކޮޅަށް ރައްޔިތުން ކުރާ އެންމެހައި މަސައްކަތްތަކުގައި އެމަނިކުފާނު އަބަދުވެސް ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

ކާބޯތަކެތި ވިއްކާ ތަންތަނުގައި ކައުންސިލްގެ ހުއްދަ އޮތްތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި
6 ގަޑިއިރު ކުރިން


