
ކާބޯތަކެތި ވިއްކާ ތަންތަނުގައި ކައުންސިލްގެ ހުއްދަ އޮތްތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 21 އޯގަސްޓު 2026 - 11:08
މާލޭގައި ހިންގަމުންދާ ކާބޯތަކެތި ވިއްކާ ތަންތަނުގައި މާލެ ސިޓީ ކައުންސިލުން ދޫކުރާ އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ އޮތްތޯ ޗެކްކުރުމަށްޓަކައި ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުންނެވެ.
މި އިންސްޕެކްޝަން ދަށުން މާލޭގެ ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ޕޮއިންޓްތައް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.
މިހާތަނަށް ކާބޯތަކެތި ވިއްކާ 20 އައުޓްލެޓް ބަލައި ޗެކްކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި އިންސްޕެކްޝަންގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތަކުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ ޢާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ވަނީ ޗެކްކޮށްފައެވެ. އަދި އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ވަނީ އަންގާފައެވެ.
އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ގަވާއިދާ ހިލާފު މަނާ ކަމެކެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޤަވާޢިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުރިހަމަކޮށްގެން ވިޔަފާރި ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


