logo

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 21 އޯގަސްޓު 2026 - 11:16

ބައްޕައަށް އިންޒާރުދީ، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މުދަލަށް ގެއްލުންދީ އާއިލާގެ މެންބަރުންނަށް ބިރުދައްކައި އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. އަޖަމީޕޫލް/މާލެ، އިސްމާޢީލް ޝިފާން އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ، އޭނާ ދިރިއުޅޭ ގޭގެ މުދަލަށް ގެއްލުންދީ، އާއިލާގެ މީހުންނަށް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓުގައި ވާހަކަދައްކަމުން ޝިފާން ބުނީ، އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރި މީހެއް ނަމަވެސް، އެ ތަކެތި ބޭނުންނުކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގައިދިޔަ ގޮތް ސާފުކޮށް ބުނެދޭން ނޭނގުނު ނަމަވެސް، ބައްޕައާ މާރާމާރީ ހިންގާފައި ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

https://wamco.com.mv/
tel:+9607331319