
މާތް الله ގެ ވާގިފުޅާއެކު ދިވެހި އުންމަތް ސަލާމަތްކުރާނަން: ޝައިޚް އިމްރާން

ރިޟްވާން މޫސާ - 11 އޮކްޓޯބަރު 2026 - 12:02
މާތް اللهގެ ވާގިފުޅާއެކު މި ދިވެހި އުންމަތް ސަލާމަތްކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝައިޚް އިމްރާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރުމަށްޓަކައި ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ދިވެހި ރައްޔިތުން ރުހިގެން ނުތިބޭނެ ކަމަށެވެ.
"މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދިވެހި އުންމަތް ސަލާމަތްކުރާނަން،" ޝައިޚް އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަ ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކަކާއި ނިންމުންތަކެއް ނިންމަމުންދަނީ ދިވެހި ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
9 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޑިމާންޑް ދަށްވުމުގެ ސަބަބުން އީރާނުގެ ފިހާރަވެރިން ބަނގުރޫޓުވުމުގެ މަގުމަތީގައި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ރާމަﷲގެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ބަޔަކު ޒަޚަމްވެއްޖެ
ދުވަހެއް ކުރިން

އީގަލްސް ހިލްސް ކުންފުނީގެ ”ލޯ“ ދިވެހިރާއްޖެ އަށް! ކީއްވެ؟
2 ދުވަސް ކުރިން


