
ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށައިފި

އާމިނަތު ޝަޒްލާ - 02 އޯގަސްޓު 2026 - 05:46
ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށްފަހު އަލުން ސްކޫލަށް ނިކުމެފައިވާއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ސްކޫލްތައް ބަންދުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތާވަލުގައިވާ ގޮތުން މި ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ ޑިސެމްބަރު 18 އިން ފެށިގެން ޖެނުއަރީ 16 އާ ހަމައަށެވެ. މިއީ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ޗުއްޓީއެކެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218 އަށްވުރެ ގިނަ ސްކޫލްތަކުގައި 77,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. މީގެ ތެރޭގައި މިއަހަރު އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. އެ ދަރިވަރުންގެ ތެރެއިން 1,748 ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.
މުޅި ރާއްޖޭގެ ސްކޫލްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ޖުމްލަ 84,000 އަށްވުރެ ގިނަ ކުދިން މިއަހަރު ކިޔަވަމުންދެއެވެ. މި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9,000 އަށްވުރެ ގިނަ މުދައްރިސުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޗުއްޓީއަށްފަހު މިއަދު ކިޔެވުން ފެށުނުއިރު، ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ 19 އިގައި ބާއްވަނީ
18 ގަޑިއިރު ކުރިން

މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާ ބާއްވަނީ!
18 ގަޑިއިރު ކުރިން
ވީއައިއޭ މެދުވެރިކޮށް 1 މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި، އާ ރެކޯޑެއް!
ދުވަހެއް ކުރިން

ގާތުން ދިނުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ބިންގާ: މެޑަމް ސާޖިދާ
ދުވަހެއް ކުރިން


