
މީރާ
މީރާއަށް މިދިޔަ މަހު 2.8 ބިލިއަން ރުފިޔާ ބަލައިގަނެފި

މުޙައްމަދު ފަޟްލޫން - 11 ނޮވެމްބަރު 2026 - 09:23
މިދިޔަ އޮކްޓޯބަރު މަހު މީރާ އަށް އާމްދަނީގެ ގޮތުގައި 2.28 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މި އަހަރުގެ އޮކްޓޯބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 12.9 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ 19.6 އިންސައްތައަކީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރިއަށްގެންދިޔަ ހާއްސަ މަސައްކަތްތަކުން ލިބުނު ފައިސާއެވެ.
މި މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 448 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އޭގެ ތަފްސީލަަށް ބަލާއިރު:
ޑިއުސް ކްލިއަރެންސްގެ ގޮތުގައި: 161 މިލިއަން ރުފިޔާ
ނޯޓިސް ފޮނުވައިގެން: 171 މިލިއަން ރުފިޔާ
އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން: 98 މިލިއަން ރުފިޔާ
އެކައުންޓް ފްރީޒްކޮށްގެން: 10 މިލިއަން ރުފިޔާ
ފޯނު ކޯލްތަކުގެ ޒަރިއްޔާއިން: 8 މިލިއަން ރުފިޔާ
އޮކްޓޯބަރު މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ޖީއެސްޓީ އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 58.9 އިންސައްތަ ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 248 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 156 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 151 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 149 މިލިއަން ރުފިޔާ، އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.
މިދިޔަ މަހު ބަލައިގަތް ޖުމްލަ އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މިއަހަރުގެ މިދިޔަ މަހުގެ ނިޔަލަށް މީރާ މެދުވެރިކޮށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
31 މިނިޓު ކުރިން
.jpg&w=3840&q=75)
ރިއަލް އެސްޓޭޓް ބިލަކީ ޤައުމު ބޭރުގެ މަހުޖަނުންނަށް ހިބަކޮށްދޭން ހަދާފައިވާ ޚިޔާނާތެއް: ޒަމްޒަމް ފާރިޝް
4 ގަޑިއިރު ކުރިން

ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ
4 ގަޑިއިރު ކުރިން

ޖުމްހޫރީ ދުވަހުގެ ޕެރޭޑާ ގުޅިގެން ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް މިއަދު ބަދަލުތަކެއް ގެންނަނީ
4 ގަޑިއިރު ކުރިން


